މިއަދު 119 މީހަކު ޕޮޒިޓިވް، 100 ދިވެހިން 19 ބިދޭސީން

ކޯވިޑް-19 އަށް ރާއްޖެއިން މިއަދު 119 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން މިއަދު 119 މީހަ...

23 Aug 2020 | 16:29

ކޯވިޑް-19 އަށް ރާއްޖެއިން މިއަދު 119 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން މިއަދު 119 މީހަކު ޕޮޒިޓިވް ވެފައިވާއިރު 100 މީހުންނަކީ ދިވެހިން ކަމަށާއި 19 މީހުންނަކީ ބިދޭސީން ކަމަށްވެސް ހާމަކޮށްފައިވެއެވެ.

https://twitter.com/HPA_MV/status/1297571904421793792

ޕޮޒިޓިވް ވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ11 މީހަކާއި އިންޑިއާގެ ތިން މީހަކާއި ފިލިޕީންސްގެ ދެމީހަކާއި އެކުވެރި އަރަބި އިމާރާތުގެ ދެމީހަކާއި ލަންކާގެ މީހެކެވެ.

ކޯވިޑަށް މިއަދު ރާއްޖެއިން119 މީހަކު ޕޮޒިޓިވް ވެފައިވާއިރު ކޮންމެ ދުވަހަކުވެސް ކޯވިޑަށް ޕޮޒިޓިވް ވާ އަދަދު އުޅެނީ ވަަރަށް މަތީގައެވެ. އަދަދު މަތިވެ ކޮންޓްރޯލުން ނެއްޓިދާނެ ކަމަށް ލަފާކޮށް ސަރުކާރުން މިހާރު އަންނަނީ ފިޔަވަޅުތައްވެސް ވަރުގަދަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް