ކާފިއު ހިންގާ ވަގުތު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު އެކަމާ ހިލާފުވާނަމަ އުޅަނދު ޓޯ ކުރާނެ ކަމުގައި ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ މާލެ ސަރަހައްދުގައި ރޭގަނޑު އަށަކުން ފަތިހު ފަހަކަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށެވެ.
"މި އުސޫލާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު ނަސޭހަތްތެރިވެ، ދެވަނަ ފަހަރު ޖޫރިމަނާކޮށް، ތިންވަނަ ފަހަރު އުޅަނދު ޓޯ ކުރެވޭނެ" ފުލުހުން ބުނެފައިވެއެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ކުރުމަށްފަހު ލޮކްޑައުން އުވާލާ ލުއިތަކެއް ދިން ނަމަވެސް އަނެއްކާވެސް ހާލަތު ގޯސްވެދާނެ ކަމަށް ބަލައި މިހާރު އަންނަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް