މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުވި ޝަލަބީ އިބްރާހިމް އާއި ޝިފާ އިބްރާހިމް ކައިވެނިކޮށްފި އެވެ.
އައްޑޫ ސިޓީ ހިތަދޫއަށް އުފަން ޝިފާ މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވެފައިވެ އެވެ. އެ ދެމީހުން ކައިވެނިކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދޮޅު އަހަރު ފަހުން ނެވެ.
ޝަލަބީ އާއި ޝިފާ ކައިވެނިކުރީ ފެމިލީ ކޯޓުން ޒޫމް ވީޑިއޯ ކޮންފަރެންސް ކޯލެއް މެދުވެރިކޮށެވެ. އެ ދެ މީހުންގެ ކައިވެނީގެ ރަނަކީ 1،234.56 ރުފިޔާ އެވެ.
ޝަލަބީ އާއި ޝިފާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައިވަނީ ދެ ފަރާތު އާއިލާގެ މީހުން އެކަންޏެވެ. ދެމަފިރިން ދިވެހިވަންތަ ހެދުމެއްގައި ތިބި އިރު ކައިވެނީގެ ރަން ތައްޔާރުކޮށްފައިވަނީ ދިވެހިވަންތަ ސަގާފީ ގޮތަކަށެވެ.
ޝަލަބީ މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވި އަހަރު ދެ ވަނަ ހޯދާފައިވެ އެވެ. އޭގެ ފަހުން އޭނާ ދަނީ ލަވަކިޔުމުގައި ރާއްޖޭގައި ފުންނާބު އުސް ފަންނާނުންނާއި އެއްހަމައަކަށް ދަތުރުކޮށް ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ.
މިހާރު އޭނާ އަމިއްލަ ރާގުތައް ހަދައި ލަވަ ކިޔުމުގެ އިތުރުން ފިލްމުތަކަށްވެސް ލަވަ ކިޔައި މަދަ ވެސް ކިޔަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް