އައިއެސްއޯ ސެޓިފައިޑް ސެންޓަރެއްގެ ގޮތުގައި އެންސީއައިޓީ އަލުން ތަރައްޤީކުރަނީ

އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަންގެ ސެޓިފައިޑް ސެންޓަރަކަށް އެންސީއައިޓީ އަލުން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓ...

23 Aug 2020 | 07:14

އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަންގެ ސެޓިފައިޑް ސެންޓަރަކަށް އެންސީއައިޓީ އަލުން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހް ވިދާޅުވީ، ސަރުކާރުގެ އެއްވެސް އިދާރާއަކަށް މަޢުލޫމާތުތައް ރައްކާކުރުމަށް އިތުރު ތަންތަން ހަދަން ނުޖެހޭނެކަމަށާއި އެންސީއަޓީން އެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އަލީ ވިދާޅުވީ، އެ މަސައްކަތް ކުރުމަށްޓަކައި ސަރުކާރުގެ އެއްވެސް އިދާރާއަކުން ފީއެއް ދައްކަން ނުޖެހޭނެކަމަށެވެ.

ކުރިން ބައެއް ކަންކަމަށް އިހުމާލުވުމުގެ ސަބަބުން އެތަނަށް ލިބިފައިވާ އައިއެސްއޯ ސެޓިފައިޑްކަން ގެއްލިފައިވާކަމަށާއި މިހާރު މަސައްކަތް ކުރަމުން ދަނީ އަލުން އެ ސެޓްފިކެޓް ހޯދުމުގެ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ސެންޓަރު އައިއެސްއޯގެ މިންގަނޑަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އަލީ ވިދާޅުވީ އެންސީއައީޓީގައި ހުންނަ ސަރުކާރުގެ ޑާޓާތައް ނާޖާއިޒްގޮތުގައި ބޭނުން ކުރަމުންދާ މައްސަލައަކީ އަބަދުވެސް ފެންމަތިވަމުން އަންނަ މައްސަލައެއްކަމަށެވެ. ނަމަވެސް މިހާރު ރައްކާތެރިކަމާއެކު ސަރުކާރުގެ އޮފީސްތަކުގެ ޑާޓާ ހިފެހެއްޓޭކަމަށާއި އަދި ކަމާގުޅުން ނެތް ފަރާތްތަކަށް މިހާރު ޑާޓާތަކަށް އެކްސެސް ނުވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް