7 ދުވަސްތެރޭ ބަނދަރުން ކްލިއަރކުރުމަށް އެމްޕީއެލުން އަންގައިފި

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރނުކޮށް ގިނަދުވަސްވީ މުދާ 7 ދުވަސްތެރޭ ބަނދަރުން ކްލިއަރކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ. އެމްޕީއެލުން...

23 Aug 2020 | 06:58

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރނުކޮށް ގިނަދުވަސްވީ މުދާ 7 ދުވަސްތެރޭ ބަނދަރުން ކްލިއަރކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.

އެމްޕީއެލުން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއާރނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލުވެސް އާއްމުކޮށްފައެވެ. އެގޮތުން ކޮންޓެއިނަރ ނަމްބަރާއި، ކޮންޓެއިނަރ ރާއްޖެއަށް ކޮންޓެއިނަރ އައިސްފައިވާ ތާރީޙުގެ އިތުރުން ކޮންޓެއިނަރުގައި ހިމެނޭ މުދަލުގެ ބާވަތާއި ގުޅޭ މައުލޫމާތުވެސް ހިމެނެއެވެ.

އެމްޕީއެލުން ދީފައިވާ މުއްދަތުގެ ތެރޭގައި މުދާ ނުގެންދާނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް އެކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެކަމަށް އެމްޕީއެލުން ހާމަކުރެއެވެ.

މީގެ އިތުރުން މި މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރކުރުމަށް ނުވަތަ ނައްތާލުމަށް އެމްޕީއެލުން ވަނީ އެދިފައެވެ.

އެމްޕީއެލުން ބުނީ، އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް