ލ. މާބައިދޫ އައު ނެރު ހެދުމުގެ މަޝްރޫޢު ނިމިއްޖެއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއު މި މަހުގެ 18 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ވަނީ ނިމިފަ ކަމަށް އެކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ، މާބައިދޫގެ އައު ނެރު ހެދުމުގެ މަޝްރޫޢުގައި 96.503،17 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 253 މީޓަރުގެ
ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މަގުބައްތި ހަރުކުރުން ހިމެނޭ ކަމަށެވެ.
އެމްޓީސީސީން ބުނީ މއީި 4.22 މިލިއަން ރުފިއާގެ މަޝްރޫޢުއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް