އެޗްޕީއޭގެ އުސޫލާ ހިލާފުވާ ތަންތަން ވަކި މުއްދަތަކަށް ބަންދުކޮށް، ޖޫރިމަނާ ކުރަނީ

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފުވާ ތަންތަން ވަކި މުއްދަތަކަށް ބަންދުކޮށް ޖޫރިމަނާ ކުރުމަށް ނިންމައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް މާލޭ ސި...

23 Aug 2020 | 06:23

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފުވާ ތަންތަން ވަކި މުއްދަތަކަށް ބަންދުކޮށް ޖޫރިމަނާ ކުރުމަށް ނިންމައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް މާލޭ ސިޓީގައި ހިދުމަތްދޭ ތަންތަނުން އަމަލު ކުރޭތޯ ބަލަން އިންސްޕެންޝަނެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. ކޮންމެ ދުވަހަކު ފާސްކުރެވުނު ތަންތަނުގެ ތެރެއިން ގިނަ ތަންތަން އުސޫލުތަކަށް އަމަލު ނުކުރާތީ ބަންދު ކުރުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ ދެނީ އެކަންކަން އިސްލާހުކޮށް އެޗްޕީއޭއަށް އެންގުމުންނެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި އުސޫލުގައި ކުރިން އަމަލު ކުރަމުން އައި ގޮތް ވަނީ ހަރުކަށިކޮށްފައި އެވެ. އެގޮތުން އެޗްޕީއޭއިން ފާހަގަ ކުރާ މައްސަލަތައް ހައްލުކޮށް އިސްލާހު ކުރުމުން އެތަނެއް ހުޅުވުމުގެ ފުރުސަތު ދޭނީ އެންމެ ފަހަރަކު އެވެ.

ދެވަނަ ފަހަރު އެތަނަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފުވެއްޖެ ނަމަ އެތަނެއް ބަންދުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެ ތަނެއް ހުޅުވުމުގެ ހުއްދަ ދޭނީ ފަސް ދުވަސް ފަހުންނެވެ.

މާލޭގައި އާންމު ހިދުމަތްދޭ ތަންތަނުގައި ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބަލަން ކުރިޔަށް ގެންދާ އިންސްޕެކްޝަން މީގެ ދެ ހަފްތާކުރިން ހަފްތާއެއްހާ ދުވަހަށް ކުރިޔަށް ގެންދިޔަ އެވެ. އެ އިންސްޕެކްޝަން މެދުކަނޑާލާފައި އޮތުމަށް ފަހު އަންނަ އަންގާރަ ދުވަހު އަނެއްކާވެސް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު އިންސްޕެކްޝަނެއް ކުރިޔަށް ގެންދަން ވަނީ ނިންމާފައި އެވެ.

މި އިންސްޕެކްޝަންގައި ޓީމުތަކުން ބަލާ ތަންތަނުގެ ތެރޭގައި ފިހާރަ، ކެފޭ/ ރެސްޓޯރެންޓް، ސްޕާ، ޖިމް، ސެލޫން/ ބޯކޮށާ ތަންތަން އަދި ތަރުކާރީ އާއި މޭވާ ވިއްކާ ތަންތަން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް