ހުޅުމާލޭގައި ރޭ ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ރޭ ހިންގި މާރާމާރީ އަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ. މި މާރާމާރީ އާއި ގުޅޭގޮތުން ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ކޮށްފައިވަނީ ރޭ 10:30 ހާއިރު ކަމަށެވެ. އެކަމަކު މާރާމާރީ އާއި ގުޅޭ...

23 Aug 2020 | 05:26

ހުޅުމާލޭގައި ރޭ ހިންގި މާރާމާރީ އަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މި މާރާމާރީ އާއި ގުޅޭގޮތުން ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ކޮށްފައިވަނީ ރޭ 10:30 ހާއިރު ކަމަށެވެ. އެކަމަކު މާރާމާރީ އާއި ގުޅޭ މާގިނަ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މި މާރާމާރީ ހިންގާފައިވަނީ ފްލެޓެއްގެ ތެރޭގައި އެވެ. ހަމަލާ ދިނުމުގެ ސަބަބުން ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވެ އެވެ.

މި މައްސަލައާައި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް