އިސް ވަޒީފާތަކުގެ 60 އިންސައްތަ ދިވެހިންނަށް ބަދަލުކުރަން ކޮމެޓީން ފާސްކޮށްފި

ސީނިއާ މެނޭޖްމަންޓް ވަޒީފާތަކުގެ 60 އިންސައްތަ ދިވެހިންނަށް ދޭންޖެހޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ. ރައްޔިތުންގެ މަޖ...

23 Aug 2020 | 05:19

ސީނިއާ މެނޭޖްމަންޓް ވަޒީފާތަކުގެ 60 އިންސައްތަ ދިވެހިންނަށް ދޭންޖެހޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި އިޖްތިމާއީ ކޮމިޓީން ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ މި ބިލުގައި 50 އަށްވުރެ ގިނަ މުވައްޒިފުން ހިމެނޭ ކުންފުނިތަކުގެ އެޗްއާރު ނުވަތަ، މުވައްޒަފުންނާ ބެހޭގޮތުން ހުންނަ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނަން ޖެހޭނީ ދިވެއްސެއް ކަމަށްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ 50 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކުގައި މުވައްޒަފުންނާ ބެހޭ ކަންކަން ބެލެހެއްޓުމުގެ އިސްވެރިއަކަށް ދިވެއްސަކު ހުންނަންޖެހޭ ގޮތަށެވެ. އަދި އެފަދަ ކުންފުނިތަކުގެ އިސް މަގާމުގައި މަދުވެގެން 60 އިންސައްތަ ދިވެހިން ތިބެން ޖެހޭ ގޮތަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އެ ދެ މާއްދާ އަށް އަމަލު ކުރަން ފަށާނީ އެ ގާނޫނު ފާސްވުމަށް ފަހު ފަސް އަހަރު ވުމުންނެވެ.

އިޖްތިމާއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އެ އިސްލާހަށް ހުރިހާ މެމްބަރުން ތާއީދު ކުރެއްވިޔަސް، އެއަށް އަމަލު ކުރަން ފަށަންވީ ތާރީޚާ މެދު މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވި އެވެ. އެ އިސްލާހު ބިލުގައި ހިމެނުމަށް ކުރި ބަހުސްގައި އެ ބަދަލަށް އަމަލު ކުރުމުގެ މުއްދަތު ތިން އަހަރަށް ހެދުމަށްވެސް ބައެއް މެންބަރުން ހުށަހެޅުއްވި އެވެ. ނަމަވެސް އެ މުއްދަތު ފަސްް އަހަރަށް ދަންމާލަން ނިންމީ ކުންފުނިތަކުގައި މަަސައްކަތްކުރާނެ އެފަދަ ފަރާތްތައް ހާއްސަކޮށް ރިސޯޓްތަކުގެ ވަޒީފާތަކަށް ދިވެހިން ތަމްރީނުކޮށް މީހުން އުފެއްދުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ސާވިސްޗާޖަށް 10 ޕަސެންޓަށްވުރެ މަދު ނޫން އަދަދެއް ނެގުމަށް ގާނޫނުގައި ލާޒިމުކޮށްފައި ވެއެވެ. އަދި ހިދުމަތަކަށް ސާވިސް ޗާޖު ނަގާއިރު، އެ ހިދުމަތަކާ މެދު ހިތްހަމަ ނުޖެހިއްޖެ ސާވިސްޗާޖުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ދޭން އިންކާރު ކުރުމުގެ ފުރުސަތު ހިދުމަތް ހޯދާ ފަރާތަށް ލިބޭގޮތަށް ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް