ކޯވިޑް-19 ފެތުރޭ ގޮތް ބަލަން ގިނަ ބަޔަކު ބައިވެރިކޮށްގެން ޖަރުމަނުގައި ޝޯއެއް ބާއްވައިފި

މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އާ ވައިރަސް ކޯވިޑް-19 ފެތުރޭ ގޮތް ބެލުމަށް ޖަރުމަނުވިލާތުގައި ވަރުގަދަ ދިރާސާއެއް ކޮށްފި އެވެ. މި ދިރާސާ ކޮށްފައިވަނީ ބަޔަކު ބައިވެރިކޮ...

23 Aug 2020 | 03:30

މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އާ ވައިރަސް ކޯވިޑް-19 ފެތުރޭ ގޮތް ބެލުމަށް ޖަރުމަނުވިލާތުގައި ވަރުގަދަ ދިރާސާއެއް ކޮށްފި އެވެ.

މި ދިރާސާ ކޮށްފައިވަނީ ބަޔަކު ބައިވެރިކޮށްގެން މިއުޒިކް ޝޯއެއް ބާއްވައިގެންނެވެ. މި ޝޯ ފޯރިގަދަކޮށް ދިރާސާގައި ބައިވެރިވާ މީހުންގެ ހަރަކާތްތައް އިތުރު ކުރުމަށް ޖަރުމަނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓިމް ބެންޒޯ ބައިވެރިވެ ލަވަ ކިޔާފައިވެ އެވެ.

މި ޝޯގައި 1،500 މީހުން ބައިވެރިކޮށްފައިވެ އެވެ. އަމިއްލަ އިސްނެގުމަށް ބައިވެރިވި އެ މީހުން ޝޯ އޮންނަ ސަރަހައްދަށް ވަނުމުގެ ކުރިން ކޯވިޑް-19 އަށް ނެގެޓިވްކަން ޔަގީން ކުރަން ޓެސްޓު ކުރި އެވެ.

މި ޝޯގެ ތެރެއިން ދިރާސާ ކޮށްފައިވަނީ ކޯވިޑް ފެތުރޭ ގޮތް ކަމަށްވާތީ އެތަނަށް ދިޔަ މީހުން ވަނީ ތިން ބަޔަކަށް ބަހާލާފައި އެވެ. އޭގެ ތެރެއިން އެއް ބަޔަކު ތިބީ އާންމުކޮށް ޝޯތައް އޮންނަ ތަންތަނުގައި މީހުން ތިބޭގޮތަށް ފިތި ބާރުވެގެން ކޯވިޑް-19 އިން ރައްކާތެރިވުމަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ދެވަނަ ގްރޫޕު ބޭތިއްބީ މާސްކު އަޅައިގެން އިޖްތިމާއީ ގައިދިރު ކަމުގައި އެވެ. ތިން ވަނަ ގްރޫޕު ތިބީ ހަޒްމަޓް ސޫޓު ލައިގެން ކޮންމެ މީހެއްގެ ދެމެދުގައި ފަސް ފޫޓުގެ ދުރުމިނެއްގައި އެވެ.

އެ ދިރާސާ ކުރި ތަޖުރިބާކާރުން ބުނީ މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ކުރިޔަށް އޮތް ތިނެއް ނުވަތަ ހަތަރު ހަފްތާ ތެރޭޭގައި އެ ދިރާސާގެ ނަތީޖާ އާންމު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް