ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބަލަން އުުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓު ލިބިފައިވާ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނާއި ބޮޑެތި ވައްކަމުގެ މައްސަލަތައް ބެލުމަށް ގާއިމް ކުރި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓު ރައީސަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ރިޕޯޓާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަން ފަށާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ހިންގި ތަހުގީގު ތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ހިމެނެ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަނީ 2012 އިގެ ޖެނުއަރީ ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނިމެންދެން ހިނގާފައިވާ ހިޔާނާތުގެ މައްސަލަތަކެވެ.
https://twitter.com/ibusolih/status/1286234668950593537
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް