އެމެރިކާއިން ރާއްޖެއަށް 150،000 ޑޮލަރުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

ކޯވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގެ ހިދުމަތްތެރިންނަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް 150،000 ޑޮލަރުގެ ސިއްހީ ސާމާނު ހަދިޔާކޮށްފިއެވެ. "އެންބަސީ އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކ...

23 Jul 2020 | 08:42

ކޯވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގެ ހިދުމަތްތެރިންނަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް 150،000 ޑޮލަރުގެ ސިއްހީ ސާމާނު ހަދިޔާކޮށްފިއެވެ.

"އެންބަސީ އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ" އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިއްޔެ ލަންކާއާއި ރާއްޖޭގެ އެމެރިކާ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން މާޓިން ކެލީ ވަނީ ރާއްޖެއާއި ލަންކާގެ ހައިކޮމިޝަނަރު އުމަރު ރައްޒާއަށް ބައްދަލުކުރައްވާފައިވާ ކަމެވެ. އަދި އެ ބައްދަލުވުމުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޕީޕީއީ ހަދިޔާ ކުރައްވާފައިވާ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.

މި ޕީޕީއީތަކަކީ ރާއްޖެއަށް އެމެރިކާ ފަރާތުން މިހާތަނަށް ދެވުނު ތިންވަނަ ޕީޕީއީގެ އެހީއެވެ. އަދި މިއެހީއަކީ ފާއިތުވި މަހު ރާއްޖެއަށް ދެވުނު ދެވަނަ ތަކެތީގެ އެހީއެވެ.

މިކަމާއި ގުޅިގެން ޑީ.ސީ.އެމް ކެލީ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ތަހައްމަލުކުރަމުންދާ މީހުންނަށް ފަރުވާކޮށް އަޅާލަމުންދާ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮއްދިނުމަކީ އެމެރިކާއަށް ލިބޭ ފަހުރެއް" ކަމެވެ. އަދި "މިތަކެތީގެ ސަބަބުން ވައިރަސް އިތުރަށް ފެތުރުނަނުދީ އިސްސަފުގެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮއްދެވޭ" ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނީ ތަކެތީގެ އެހީގެ އިތުރުން، އެމެރިކާއިން ކޮވިޑް-19 އާއި ގުޅުން ހުރި ބޭނުންތަކަށް ހާއްސަކޮށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ ކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް