ފިއްލަވާފާނެތީ ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން އެދިއްޖެ

މިހާރު މިނިވަންވެފައިވާ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލަވާފާނެ ކަމަށް ބަލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދިއްޖެއެވެ. އަދީބު މިނިވަންވެފައިވަނީ އޭނާގެ މައްޗަށް ދައު...

23 Jul 2020 | 07:50

މިހާރު މިނިވަންވެފައިވާ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލަވާފާނެ ކަމަށް ބަލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދިއްޖެއެވެ.

އަދީބު މިނިވަންވެފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ހުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުންނެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ބަންދުކުރަން އެދުނީ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތުގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކުރި، އެ ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ވަނީ 60 ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް