ވަންދޫ ބަނދަރު މަރާމާތުކޮށް ފުންކުރުމުގެ މަސައްކަތުގެ 12 ޕަސެންޓު ނިމިއްޖެ: އެމްޓީސީސީ

ރ. ވަންދޫ ބަނދަރު މަރާމާތުކޮށް ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 12 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ތެރެއިން ހާބަރ ބޭސިން ފުންކުރުމުގެ މަސައް...

23 Jul 2020 | 06:41

ރ. ވަންދޫ ބަނދަރު މަރާމާތުކޮށް ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 12 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ތެރެއިން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްވަނީ ނިމިފައި ކަމަށާއި އަދި ކުރިއަށްދަނީ  މިހާރު ހަދާފައިވާ އެއްގަމު ތޮށި ރޫޅާލުމުގެ މަސައްކަތް ކަމަށެވެ. އަދި އާ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ޔުނިޓުތައް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 1،870 ކިއުބިކް މީޓަރުގެ ހާބަރ ބޭސިން ފުންކުރުމާއި، 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭއިރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 5.99 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 26 އޮގަސްޓް 2019 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް