މެދުކެނޑުމަކަށް ފަހު ލައިންސަންސް ނެގުމުގެ ހިދުމަތް ދޭން ފަށައިފި

ޓްރާންސްޕޯޓް މިނިސްޓްރީއިން ކޮވިޑް-19 އާއި ގުޅިގެން އެއްގަމު އުޅަނދުފަހަރުގެ ލައިންސަންސް ނެގުމުގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު މިއަދު ފަށައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، އަލަށް ލ...

23 Jul 2020 | 05:12

ޓްރާންސްޕޯޓް މިނިސްޓްރީއިން ކޮވިޑް-19 އާއި ގުޅިގެން އެއްގަމު އުޅަނދުފަހަރުގެ ލައިންސަންސް ނެގުމުގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު މިއަދު ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، އަލަށް ލައިސަންސް ނަގާ ފަރާތްތަކުން ހަދަންޖެހޭ ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓްވެސް މިހާރު ހަދަންފަށާފައިވާކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކުން ތިއަރީ އަދި ޢަމަލީ އިމްތިޙާންގައި ބައިވެރިވުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ އޮންލައިން ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން 4 މަސް ވަންދެން ލައިސަންސް ނެގުމުގެ ޚިދުމަތް މެދުކަނޑާލީ، އެއްވެއުޅުން ރައްކާތެރިނުވުމަށް އަންގާފައިވާތީއާއި މުވައްޒަފުންނާއި ޙިދްމަތް ހޯދަން އަންނަ އާންމު ރައްޔިތުންގެ ރައްކާތެކިކަމަށް ވިސްނައިފައި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް