އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބާއްވަން ނިންމައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށޭ އާންމު މަޖިލީހުގެ ޖަލްސާގައި 193 ގައުމަކުން ބައިވެރިވާނެ އެވެ. އެކަމަކު ކޯވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަކީ ރައްކާތެރި ކަމަށް ނުވާތީ މަޝްވަރާ ކޮށް ނިންމާފައިވަނީ ވާޗުއަލްކޮށް އެ ބައްދަލުވުން ކުރިޔަށް ގެންދިއުމަށެވެ.
އެ ބައްދަލުވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވި ނިންމާފައިވާގޮތުން އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ގައުމުތަކުގެ ވެރިންގެ ވާހަކަފުޅު ކުރިން ރެކޯޑު ކޮށް އދ. ގެ މައި މަރުކަޒަށް ފޮނުވަން ޖެހެ އެވެ.
މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަޝްވަރާތަކުގެ ތެރޭގައި ބައޯ ޑައިވާސިޓީ އާއި އަންހެނުންނަށް ދިމާވާ މައްސަލަތައް ހިމެނެ އެވެ. އަދި ނިއުކްލިއާ ހަތިޔާރު ނައްތާލުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.
މި މަޝްވަރާތަކުގައި ބައިވެރިވާ ގައުމުތަކުގެ މަންދޫބުންނަށް ވާހަކަ ދައްކަން ލިބެނީ 15 މިނެޓުގެ ވަގުތުކޮޅެކެވެ.
އާންމު މަޖިލީހުގެ ބައްދަލުވުންތައް ހަފްތާއަކަށް ވާޗުއަލްކޮށް ކުރިޔަށް ގެންދާނެ އެވެ. މިއީ އދ. ގެ 75 އަހަރުގެ ތާރީގައި އާންމު މަޖިލީސް ވާޗުއަލްކޮށް ކުރިޔަށް ގެންދާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް