ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލު ކުރަން ހިޔާލު ހޯދަން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި ކަމަށް ހިޔާލު ހޯދަމުންދަނީ އިންޓަނެޓް މެދުވެރިކޮށް ފޯމެއް ފުރައިގެންނެވެ. މި ފޯމު ފުރުމަށް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް ވަނީ އަންގާފައި އެވެ.
އެ ފޯމުގައި ދިރާސީ އާ އަހަރު ފެށޭ މަހެއްގެ ގޮތުގައ ހަމަޖައްސާފައިވަނީ ޖެނުއަރީ ނުވަތަ އޯގަސްޓު/ ސެޕްޓެމްބަރުގައި އެވެ. އެ ފޯމު ފުރަން ދީފައިވާ އެންމެ ފަހު ވަގުތަކީ މިއަދު މެންދުރު 12:00 ގެ ނިޔަލެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން މިމަހުގެ އެއް ވަނަ ދުވަހު ސްކޫލްތައް ފެށި ނަމަވެސް ކިޔަވައި ދެމުންދަނީ ހަތަރު ގަޑިއިރެވެ. އެހެންވެ ދަރިވަރުންގެ ކިޔެވުމުގެ ބޮޑު ބައި އަހަރު ނިމެންވާއިރަށް ނުނިމޭނެތީ އެޑިއުކޭޝަން މިނިސްޓްރީން ކުރިންވެސް ވަނީ އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަހަރުގެ މެދުތެރޭގައި ކަމަށް ބުނެފައި އެވެ.
އަދި މިއަހަރު ބާއްވާ އޭލެވެލް އާއި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތައް ވަނީ ފަސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް