ހިންދީ ބައެއް ފިލްމުތަކުގެ ބައެއް މަޖާ ރޯލުތަކުން ފެނިގެންދާ، އަރްޝަދު ވަރްޝީ އޭނގެ އަމިއްލަ ފިލްމެއްގެ ސްކްރިޕްޓް ލިޔެ އެ ފިލްމު އަސްލަކަށް ހެދުމަށް ޕްރޮޑިއުސަރަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އޭނާ ބުނެފައިވާގޮތުގައި އެ ސްކްރިޕްޓަކީ އެކްޝަން ފިލްމެއްގެ ސްކްރިޕްޓެކެވެ. ކޮންމެވެސް ވަރަކަށް މަޖާ ބައިވެސް އެކުލެވޭނެ ކަމަށެވެ.
އަދި އެއްވެސް މީހަކާ އެ ސްކްރިޕްޓް ހިއްސާކޮށްފައިނުވާނެ ކަމަށް ބުނެފައިވާއިރު، އަރްޝަދު ބުނެފައިވަނީ، ބޭނުންވަނީ ފަންޑް ކުރާނެ ޕްރޮޑިއުސަރަކު ކަމަށާއި ޑައިރެކްޓް ކުރުމަކީ އޭނާއަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
އަރްޝަދު އެންމެ ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ ސަންޖޭ ދަތާއެކު ކުޅެފައިވާ މުންނާ ބާއީގެ ސީކުއެލް ފިލްމުތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް