އަދުގެ މޫސުން: ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ، ގުގުރުންވެސް އެކަށީގެންވޭ

އަދުގެ މޫސުން ލަފާކުރެވޭގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށާއި ވިއްސާރައާއެކު ގުގުރުންވެސް އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މެޓުން...

23 Jul 2020 | 02:12

އަދުގެ މޫސުން ލަފާކުރެވޭގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށާއި ވިއްސާރައާއެކު ގުގުރުންވެސް އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓުން ބުނެފައިވަނީ މޫސުމަށް އިތުރަށް ބަލާލާއިރު އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުންވެސް އެކަށީގެންވާކަމަށެވެ.

އުތުރާއި މެދު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ނިމުތު ކޮށްފައިވާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ނިމުތުކޮށްފައިވެއެވެ.

ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް އަންދާޒާކޮށްފައިވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމުގައިވެސް އަންދާޒާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް