ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 21 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެއެވެ. 16 މީހަކު މިއަދު ރަނގަޅު ވެފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 21 މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ހަތް މީހަކާއި އިންޑިއާ މިހަކާއި ނޭޕާލު މީހެކެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ޖުމްލަ އަދަދު މިވަނީ 2،238 އަށް އަރާފައެވެ. ބަލިން ރަނގަޅުވި ޖުމްލަ އަދަދު މިވަނީ 1،829 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 396 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް