ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން މިއަދު ހަވީރު!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަން ހަމަޖައްސައިފި އެވެ. ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ރައީސް ނޫސްވެރިންނާއި ބަ...

23 Jun 2020 | 08:34

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަން ހަމަޖައްސައިފި އެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވަން ހަމަޖައްސާފައިވަނީ ހަވީރު4:30 ގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުން ހުރިހާ ޗެނަލްތަކަކުން ދުރަށް ދައްކާނެ އެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެ ވަނަ ފަހަރެވެ. އަދި މާލޭގައި ވައިރަސް ފެތުރެން ފެށިފަހުން ނޫސްވެރިންނާއި ބައްދަލު ކުރައްވާވެސް ފުރަތަމަ ފަހަރެވެ.

ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވީ މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހާމަކުރެއްވީ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން މުއްދަތެއް ނެތްގޮތަށް އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލަން ނިންމި ކަމެވެ.

ކޯވިޑް-19 ގެ ހާލަތު ރާއްޖޭގަައި އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުން އަންނަ އިރު މިއަދު ރައީސް މުހިންމު ކަންކަން އިއުލާނު ކުރައްވާނެ ކަމަށް ބެލެވެ. އޭގެ ތެރޭގައި އަލުން އޮންއެރައިވަލް ވިސާ ދޫކުރަން ފަށާ ދުވަސް މިއަދު އިއުލާނު ކުރައްވާނެ ކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް