ކަސްޓަމްސްގެ ވެރިއަކަށް ޝަރީފު އައްޔަން ކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހމް މުހައްމަދު ސޯލިހު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަބްދުﷲ ޝަރީފު އައްޔަން ކުރައްވައިފި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން ކޮމިޝަނާ ޖެނެރަލް އޮފ...

23 Jun 2020 | 07:45

ރައީސުލްޖުމްހޫރިއްޔާ އިބްރާހމް މުހައްމަދު ސޯލިހު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަބްދުﷲ ޝަރީފު އައްޔަން ކުރައްވައިފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން އަވަހާރަވުމާއި ގުޅިގެންނެވެ. ނުއުމާން އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އިންޑިއާގައި އެވެ.

ޝަރީފު މިހާތަނަށް ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި އެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި އަށެއްގައި އެވެ.

ޝަރީފު ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 27 އަހަރު ވެއްޖެ އެވެ.

ނުއުމާން އާލާސްކަންފުޅު ބޮޑު ގައުމުން ބޭރަށް ވަޑައިގަތް ދުވަހުން ފެށިގެން ކަސްޓަމްސްގައި ދުވަހުން ދުވަހަށް ނިންމަން ޖެހޭ ހުރިހާ ކަމެއްގައި ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ ޝަރީފެވެ. އަދި ނުއުމާން އަވަހާރަވީންސުރެ މިއަދާއި ހަމައަށްވެސް ކަސްޓަމްސްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީވެސް ޝަރީފާއި އެވެ.

ކަސްޓަމްސްގެ ގާނޫނުގައިވާ ގޮތުން، ކޮމިޝަނަ ޖެނެރަލް ނެތް ހިނދެއްގައި އިދާރާގެ ހިންގުމާ ހަވާލުވެ ވަޑައިގަންނަވާނީ ޑެޕިއުޓީ ކޮމިޝަނަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް