ބަންގްލަދޭޝްއަށް ފުރުވާލި ތިން މީހަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ މީހުންގެ ތެރެއިން ބަންގްލަދޭޝްއަށް އަނބުރާ ފޮނުވާލާފައިވާ ތިން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެ...

23 Jun 2020 | 05:46

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ މީހުންގެ ތެރެއިން ބަންގްލަދޭޝްއަށް އަނބުރާ ފޮނުވާލާފައިވާ ތިން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި2،000 އަށްވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްއަށް ފުރުވާލާފައި އެވެ. އެ އެންމެންނަކީވެސް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ މީހުންނެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ފޮނުވާލި މީހުންގެ ތެރެއިން ތިން މީހަކު ޕޮސިޓިވްވެފައިވާ ކަން ބަންގްލަދޭޝް ސަރުކާރުން އަންގާފައިވާ ކަމަށެވެ. އެ ތިން މީހުން އެ ގައުމުގައި ކަރަންޓީން ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭޣައި ވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ1،155 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި ހުރިހާ ބިދޭސީންނަކީ ބަންގްލަދޭޝް މީހުންނެވެ. މިހާތަށް ކޯވިޑް ޖެހިގެން ހަތަރު ބަންގްލަދޭޝް މީހަކާއި ހަތަރު ދިވެހިންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް