ކޯވިޑަށް 39 މީހަކު ޕޮސިޓިވްވެ، ތިން މީހަކު ބަލިން ރަނގަޅުވެއްޖެ

ކޯވިޑް-19 އަށް39 މީހަކު ޕޮސިޓިވްވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ 16 ދިވެހިންނާއި 23 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 15 މީހުންނާއި އިންޑިއާގެ ހަތް މީހުންނާއި ސްރީލަންކާގ...

23 May 2020 | 18:01

ކޯވިޑް-19 އަށް39 މީހަކު ޕޮސިޓިވްވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ 16 ދިވެހިންނާއި 23 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 15 މީހުންނާއި އިންޑިއާގެ ހަތް މީހުންނާއި ސްރީލަންކާގެ މީހެކެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދީ ތިނެކެވެ. އެޗްޕީއޭއިން ބުނީ މިއަދު ބަލިން ރަނގަޅުވެފައިވަނީ އައިސޮލޭޝަން ފެސިލިޓީޓަކުގައި ތިބި މީހުން ކަމަށެވެ.

އެ ތިން މީހުންނަކީވެސް ދިވެހިންނެވެ. މިހާތަނަށް ބަލިން ރަނގަޅުވި ގިނަ މީހުންނަކީވެސް ދިވެހިންނެވެ. ދެވަނައަށް އެންމެ ގިނައިން ބަލިން ރަނގަޅުވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ.

މިހާތަނަށް މި ބައްޔަށް ރާއްޖެއިން1،313 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ. މީގެ ތެރެއިން1،200 އަށް ވުރެ ގިނަ މީހުންނަދަނީ ފަރުވާ ދެމުންނެވެ.

މި ބަލީގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް