ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
މީގެ ކުރިންވެސް އެ ހޮސްޕިޓަލްގައި ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާ ދީފައިވެ އެވެ. އެމީހުން ވަނީ ހާލު ރަނގަޅުވެގެން ވޯޑަށް ބަދަލުކޮށްފައި އެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން އެކަކަށް ފަރުވާދެމުންދަނީ ވެންޓިލެޓަރުގައި ކަމަށެވެ. އަނެއް ދެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.
އެ މީހުންގެ އިތުރުން ކޯވިޑަށް ފަރުވާ ހޯދަމުންދާ 10 މީހަކަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޑީއެޗް11 ގައި ވެސް އެކަކަށް ފަރުވާދެމުންދާ ކަމަށާޢި އެމީހާގެ ހާލު ސީރިއަސް ނޫންކަމަށެވެ.
މިހާތަނަށް ރާޢްޖެއިން ކޯވިޑަށް1،313 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން113 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް