ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެ އެލަވަންސް ދޫކުރަން ފަށާފައިވަނީ މި މަހުގެ20 ދުވަހު އެންސްޕާ މެދުވެރިކޮށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާތަނަށް69 ފަރާތަކަށް5،000 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އަދި އެ މީހުންނަށް އެލަވަންސް ދިނުމަށް މިހާތަނަށް291031 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ވަޒީފާއިން ވަކި ކުރި މީހުން، ސަސްޕެންޑު ކުރި މީހުން، ނޯ ޕޭއަށް ފޮނުވާލި މީހުން އަދި މުސާރައިން ބައެއް އުނިކުރި މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންނާއި މުސާރައިން ބައެއް އުނި ކުރި މީހުންގެ ތެރެއިން އެލަވަންސް ނިދުމަށް ހަމަޖެހިފައިވަނީ5،000 ރުފިޔާގެ އާމްދަނީ ނުލިބޭ މީހުންނަށާއި އެއަށްވުރެ ދަށުން ލިބޭނެ ނަމަ5،000 ރުފިޔާއަށް މަދުވާ ބައި ހަމަކޮށްދީގެންނެވެ.
އެކަމަކު އެލަވަންސް ލިބޭކަން ގިނަ ފަރާތްތަކަށް ޔަގީންކޮށްދެމުން ނުދާކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުންނެވެ. އެ މައުލޫމާތު ހޯދަން އިކޮނޮމިކް މިނިސްޓްރީއަށް ގުޅުމުން އެލަވަންސް ލިބޭކަން ޔަގީން ކުރުމަށް ފަހު ގުޅާނެ ކަމަށް ބުނެ ހަބަރެއް ނުވާ ކަމަށް ބުނެ ޝަކުވާ ކުރެ އެވެ.
މި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ އޭޕްރިލް، މެއި އަދި ޖޫން މަހު އެވެ. މިމަހުގެ20 ވަނަ ދުވަހު ފައިސާ ދޭން ފަށާފައިވާއިރު އަދި ދެމުން ދަނީ އޭޕްރިލް މަހުގެ ފައިސާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް