ރިސޯޓުތަކަށް ލުއި ދޭނަމަ ދިވެހި މުވައްޒަފުންނަށް ރަނގަޅުގޮތް ވާން ޖެހޭ: މެންބަރު ސައުދު

ކޯވިޑް-19 އާއި ގުޅިގެން އިގްތިސޯދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ރިސޯޓުތަކަށް ލުއި ދޭއިރު އެ ތަންތަނުގައި މަސައްކަތް ކުރި ދިވެހި މުވައްޒަފުންނަށް ރަނގަޅުގޮތް ވެފައި ހުންނަން ޖެހޭ ކަމަށް ވ...

23 May 2020 | 09:52

ކޯވިޑް-19 އާއި ގުޅިގެން އިގްތިސޯދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ރިސޯޓުތަކަށް ލުއި ދޭއިރު އެ ތަންތަނުގައި މަސައްކަތް ކުރި ދިވެހި މުވައްޒަފުންނަށް ރަނގަޅުގޮތް ވެފައި ހުންނަން ޖެހޭ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައިސް ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓެއްހެން ވަނީ ބަންދުކޮށްފައި އެވެ. އަދި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށް، ނޯޕޭއަށް އަދި މުސާރައިން ބޮޑުބައެއް އުނިކުރުމަށް ފަހު ފޮނުވާލާފައި އެވެ.

މިގޮތަށް ބޮޑެތި ކުންފުނިތަކުން އަމަލު ކޮށްފައި ވަނިކޮށް ސަރުކާރުން ވަނީ ހުރިހާ ރިސޯޓުތަކުގެ މިއަހަރުގެ ފަހު ހަ މަހުގެ ބިމު ކުލި ފަސްކޮށްދިނުމަށް ނިންމާފައި އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ގައިޑްލައިނުގައި ހިމަނާފައިވާ ފީތައް ނުނަނަގަން ވެސް ނިންމި އެވެ.

މިކަމާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި މެންބަރު ސައުދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް ލުއި ގޮތްތައް ފަހި ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ހަމަ އެއާއެކު ލުއި ދޭއިރު ދިވެހި މުވައްޒަފުންނާއި މެދު އަމަލު ކުރަމުންދާ ގޮތް ބަލަން ޖެހޭ ކަމަށެވެ.

އެގޮތުން ވަޒީފާއިން ވަކިކޮށް ނޯޕޭއަށް ފޮނުވާފައި ތިބި ދިވެހި މުވައްޒަފުންގެ މުސާރަ އިޔާދަކޮށްދޭން ޖެހޭ ކަމަށް ސައުދު ވިދާޅުވެފައިވެ އެވެ. އަދި މި ދަނޑިވަޅުގައި އަލުން ވަޒީފާ ދޭއިރު ބިދޭސީ މުވައްޒަފުން މަދުކޮށް ދިވެހިންނަށް އިސްކަން ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާ އަލުން ފަށައި ގަތުމަށް ސަރުކާރުން އެކުލަވާލި ސޭފް ޓޫރިޒަމް ގައިޑްލައިންގައި ވާގޮތުން ޓޫރިސްޓުން ގޮވައިގެން ރާއްޖެ އަންނަ ފްލައިޓު ނުވަތަ ޖެޓު50،000 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ކޯވިޑަށް ޓެސްޓު ކުރަން100 ޑޮލަރު އަދި ރާޢްޖެ އެތެރެވާން ކޮންމެ ޓޫރިސްޓަކު100 ޑޮލަރު ދައްކަން ޖެހެ އެވެ.

މި ގައިޑްލައިނަށް ހިޔާލު ހޯދުމަށް ހުޅުވާލުމުން އިންޑަސްޓްރީގެ ސްޓޭކް ހޯލްޑަރުން ފޮޮނުވުމުން އެ ފަރާތްތަކުން ވަނީ އެ ފީތަށް ނެގުމަށް ތާއީދު ނޫންކަމަށް ބުނެފައި އެވެ. އެހެންވެ އެ ބޮޑު ފީތަކެއް ނުނަގަން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް