އުފަންދުވަހުގެ ސެޓްފިކެޓް ހިދުމަތް މިހާރު އޮންލައިންކޮށް ލިބިލައްވާނެ: މާލޭ ސިޓީ ކައުންސިލް

މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދު ހާލަތުގައި އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. އެ ކައުންސިލުން ބުނެފައި...

23 May 2020 | 08:38

މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދު ހާލަތުގައި އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

އެ ކައުންސިލުން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކުރެވި ސަރުކާރުގެ އެންމެހައި އޮފީސްތައް ބަންދުކޮށްފައިވާތީ، މާލޭ ސިޓީގެ ލޮކްޑައުން އުވާލަންދެން މާލޭ ސިޓީގައި އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް އެ ކައުންސިލްގެ ވެބްސައިޓު www.malecity.gov.mv  މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވާނީ ހުޅުވާލާފައި ކަމަށެވެ.

މިހާލަތުގައި ގިނަފަރާތްތަކެއްގެ އެދުމުގެމަތިން މި ކައުންސިލްގެ ވެބުސައިޓު މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކަށް ދޫކުރެވޭ ވަގުތީ ސެޓުފިކެޓު ބޭނުންކުރެވޭނީ މާލޭ ސިޓީގެ ލޮކްޑައުންގެ ހާލަތު އުވާލަންދެން ކަމުގައްޔާއި އަދި ދާއިމީ (އަސްލު) ސެޓުފިކެޓު ލިބިވަޑައިގަންނަވާނީ އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމަށް ހުށަހަޅުއްވާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާއި ވަގުތީ ގޮތުން ދޫކޮށްފައިވާ ސެޓުފިކެޓު މި ކައުންސިލަށް ހުށަހެޅުމުން ކަމުގައިވެސް ސިޓީކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް