ރޯދަމަހަށް ހާއްސަކޮށް މިފްކޯއިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

ރަމަޟާން މަހާއި ދިމާކޮށް މިފްކޯއިން ކުރިއަށްގެންދިޔަ "ފަސްމީރު މިވަރެއްނެތް!" ޕްރޮމޯޝަން އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމައިފިއެވެ. ޕީއެސްއެމަށް މައުލޫމާތުދެމުން މިފްކޯއިން ބުނެފައިވ...

23 May 2020 | 08:14

ރަމަޟާން މަހާއި ދިމާކޮށް މިފްކޯއިން ކުރިއަށްގެންދިޔަ "ފަސްމީރު މިވަރެއްނެތް!" ޕްރޮމޯޝަން އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމައިފިއެވެ.

ޕީއެސްއެމަށް މައުލޫމާތުދެމުން މިފްކޯއިން ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއް ފަދައިން މި އަހަރުގެ ޕްރޮމޯޝަނަށްވެސް ތަރުހީބު ލިބެމުން އަންނަ ކަމަށާއި ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އާންމުންގެ ދިރިއުޅުމުގެ ހާލަތަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، މި ޕްރޮމޯޝަން ޖޫން މަހުގެ ނިޔަލަށް ދިގުދަންމާލަން ނިންމީ ކަސްޓަމަރުންނަށް ދޭ އީދު ހަދިޔާއެއްގެ ގޮތުގައި ކަމަށެވެ.

މި ޕްރޮމޯޝަންގައި 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް 480އަށް ލިބިލައްވާނެއެވެ. އަދި 48 ދަޅުގެ ފެންމަސްދަޅު ކޭހެއް 595 އަށް ލިބިލައްވާނެއެވެ.

މިފްކޯއިން ބުނެފައިވަނީ މިފްކޯގެ އުފެއްދުންތައް މާލެއާއި  ހުޅުމާލޭގައި ހުންނަ މިފްކޯގެ ފިހާރަތަކުގެ އިތުރުން މިފްކޯގެ މަސްވެރިންގެ މެރިން ޝޮޕްތަކާއި މިފްކޯ އައިސް ޕްލާންޓްތަކުންވެސް ލިބެން ހުންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް