މޫސުން: ދެކުނުގެ ފަސް އަތޮޅަށް ހުދު ސަމާލު

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ދެކުނުގެ ފަސް އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެނ...

23 May 2020 | 05:06

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ދެކުނުގެ ފަސް އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ފަސް އަތޮޅަށެވެ.

މި ސަމާލުގައި ބުނެފައިވަނީ އެ ފަސް އަތޮޅު ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:30 އާއި މެންދުރު 12:30 އާއި ދެމެދުގެ ވަގުތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް