މާލޭގެ އާބާދީއަށް ބަލާއިރު ދުވާލަކު ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދު50 އަށް ވުރެ އިތުރު ނުވާނަމަ އެހުރީ ބަލި ޖެހޭ މީހުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓިފައި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ގައުމެއްގެ ތެރޭގައި ބައްޔެއް ފެތުރިގެން ދިއުމުން އެ ބަލި ވާނީ އާއްމުކޮށް ފެންނަ ބައްޔަކަށް ކަމަށެވެ. އެގޮތުން އަލަށް ފެތުރެމުންދާ ކޯވިޑް-19 ވެސް ކުރިއަށް އޮތް އަހަރުތަކުގައި އާއްމުކޮށް ފެންނާނެ މިންވަރެއް އުފެދިގެން ދާނެ ބައްޔަކަށް ވުން އެކަށީގެންވާ ކަމެކެވެ.
އެގޮތަށް ބަލާއިރު މިހާރު މާލޭގައި ކޮންމެ ދުވަހަކު ބަލި ޖެހެމުން މިދާ އަދަތުތަކަކީ މަތީ އަދަދެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ. ޑރ. އަފްޒަލް ވިދާޅުވީ މިފަދަ ބަލިމަޑުކަމެއްގައި އެންމެން ވެސް އެދޭނީ ދުވާލަކަށް ގިނަވެގެން ފަސް މީހުންނަށް ވުރެ އަދަދު މަތި ނުވުން ކަމަށާއި ނަމަވެސް މިފަދަ ބަލިތަކުގައި އަބަދުވެސް ބަލިޖެހޭ މީހުންގެ އަދަދު އެންމެ ދަށްކޮށް ހުންނާނެ މިންވަރެއް އޮންނާނެ ކަމަށެވެ.
މިހާރު އާންމުކޮށް މާލޭގައި ޕޮސިޓިވްވަމުން ދަނީ ދުވާލަކު30-40 އާއި ދެމެދުގެ އަދަދަށެވެ. ޑޮކްޓަރުގެ މިރޭގެ ވާހަކައިން ދޭހަވިގޮތުގައި މި އަދަދަކީ ރާއްޖޭގައި ބަލި ކޮންޓްރޯލްވެފައި އޮންނާނެ ވަރެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހުވެސް ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުން އަދަދު އަރައިގެންނެތް ނުދެ އެވެ. އަދި ޕޮސިޓިވްވާ މީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި ދެނެގަނެވޭ މީހުންގެ އަދަދުވެސް ވަރަށް މަދެވެ.
މިހާތަނަށް ރާއްޖެއިން1،271 މީހަކު ވައިރަހަށް ޕޮސިޓީވްވެފައިވެ އެވެ. އެންމެ ގިނައިން އެއްދުވަހާ ބަލި ޖެހިފައިވަނީ މިދިޔަ މަހުގެ30 ވަނަ ދުވަހު އެވެ. އެއީ178 ޕޮސިޓިވް ކޭސްއެވެ.
މި ބަލީގައި މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކުންނަީ ދިވެހިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް