އިއްޔެ މެލޭޝިޔާގައި 78 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން އެކަކީ ރާއްޖެއިން އެ ގައުމަށްދިޔަ އެ ގައުމުގެ ރައްޔިތެއް ކަމުގައި ބުނެފިއެވެ.
އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެ ޕޮޒިޓިވްވި 78 މީހުންގެ ތެރެއިން 25 މީހުންނަކީ އެކި ގައުމުތަކުން އެ ގައުމަށް ގޮސްފައިވާ އެ ގައުމުގެ ރައްޔިތުންނެވެ.
އޭގެ ތެރެއިން 11 މީހަކީ ސައޫދީ އަރަބިއްޔާއިން، ހަތް މީހަކީ އިންޑޮނޭޝިޔާއިން ދެމީހަކީ ސިންގަޕޫރުން، ދެމީހަކީ ޕާކިސްތާނުން އަދި ޔޫކޭއިން ދިޔަ އެކަކު، ރާއްޖެއިން ދިޔަ އެކަކު އަދި އަޔަލޭންޑުން ދިޔަ އެކަކު ހިމެނޭކަމަށް ބުނެފައިވެއެވެ.
ރާއްޖެއިން މެލޭޝިޔާއަށް ދިޔަ މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެ ގައުމުން ބުނެފައިވާއިރު ރާއްޖެއިން އިންޑިއާއަށް ދިޔަ ބަޔަކުވެސް ޕޮޒިޓިވް ވެފައިވާކަމަށް އިންޑިއާއިން ބުނެފައިވެއެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި މިހާތަނަށް ރާއްޖެއިން ދިޔަ މީހުންގެ ތެރެއިން ނުވަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް