ރެކޯޑް އަދަދަކަށް މީހުންނަށް ކޯވިޑް ޖެހިއްޖެ، އަތޮޅު ތެރެއިން 182 ކޭސް

ކޯވިޑް-19 އަށް އިތުރު 319 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 108 މީހެކެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 182 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން 21 މީހަކު ޕޮސިޓ...

23 Apr 2021 | 17:22

ކޯވިޑް-19 އަށް އިތުރު 319 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 108 މީހެކެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 182 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން 21 މީހަކު ޕޮސިޓިވްވެފައިވެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން އަށް މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައި ވަނީ 3،094 ސާމްޕަލެވެ.

މިވަގުތު 3،207 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 98 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 51 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 24،116 އަށް އަރާފައި އެވެ.

ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 71 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 27،403 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް