ހޮރައިޒަން ފިޝަރީޒްގެ މަސް ފެކްޓްރީ ހިންގާ ލ. މާންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދު ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި މިހާރު އެ ރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ބުންޏެވެ.
ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ މާންދޫއިން ފުރަތަމަ ޕޮސިޓިވްވެފައިވަނީ ބަލީގެ އަލާމާތްތަކާއި އެކު އެ ހޮސްޕިޓަލަށް ދެއްކި އެތަނުގެ އަށް މުވައްޒަފުންނެވެ.
"ދުވަސް" އަށް މައުލޫމާތުދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށެވެ. އަދި މިއަދުވެސް ސާމްޕަލްތަކެއް ނެގުމަށްފަހު މާލެ ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މާންދޫއަކީ ވމާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މަސް ފެކްޓަރީ ހިންގާ ސިނާއީ މަސައްކަތް ކުރާ ރަށެވެ. މާންދޫގައި ހިންގަމުން އަންނަ ފިޝަރީޒް ކޮމްޕްލެކްސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ބޮޑު ޕަސެންޓެއްގެ މުވައްޒަފުން ނިސްބަތްވަނީ އެ އަތޮޅު ގަމާއި ފޮނަދޫއަށެވެ.
އަދި މި ތިން ރަށަކީ ގުޅިފައިވާ ތިން ރަށެވެ.
އެހެންކަމުން ހާއްސަ ގޮތެއްގައި އެ ދެ ރަށަށް ކޯވިޑުގެ ނުރައްކާ މިވަގުތު މިވަނީ ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް