ހަމަ އެންމެ ހަތް ދުވަހުން މިސްކިތެއް ނިންމައި ނަމާދުކުރަން ފަށައިފި!

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވައިފި އެވެ. ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އެ މިސ...

23 Apr 2021 | 16:01

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވައިފި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އެ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ވަގުތީ މިސްކިތް އެޅުމަށްޓަކައި އެކަން ކޮންނަމުން ދަނިކޮށް މިމަހު ކުރީކޮޅު އެތަނުން މިނިކަށިތަކެއް ފެނިފައިވެ އެވެ. އެހެންވެ، އެ ތަކެތި ރައްކާތެރި ކުރުމަށްޓަކައި ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އޭރު މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖައްސާލި އެވެ.

https://twitter.com/MVIaffairs/status/1385515595299319809

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އޮފީސް އިމާރާތަކާ އެކު މިސްކިތެއް ހަދަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

މި މިސްކިތުގައި އެންމެ ފުރަތަމަ ކޮށްފައި ވަނީ މިއަދުގެ ހުކުރު ނަމާދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް