ފޮޓޯ: ކޯވިޑް-19ގަ އިންޑިއާ ނުރައްކާތެރި ހާލަތެއްގައި

އިއްޔެ އަކީ އިންޑިއާއިން ދުނިޔޭގެ ރެކޯޑު އަދަދަކަށް މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވި ދެ ވަނަ ދުވަހު އެވެ. އިއްޔެ އެކަނި އިންޑިއާގެ އެކި ސްޓޭޓްތަކުން 332،730 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ...

23 Apr 2021 | 14:59

އިއްޔެ އަކީ އިންޑިއާއިން ދުނިޔޭގެ ރެކޯޑު އަދަދަކަށް މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވި ދެ ވަނަ ދުވަހު އެވެ.

އިއްޔެ އެކަނި އިންޑިއާގެ އެކި ސްޓޭޓްތަކުން 332،730 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. މިއާއި އެކު އިންޑިއާއިން ކޯވިޑް ޖެހުނު ޖުމްލަ އަދަދު ވަނީ 16 މިލިއަނަށް އަރާފައި އެވެ.

ކޯވިޑް ޖެހިގެން މަރުވާ އަދަދުވެސް ރެކޯޑު މިންވަރަކަށް ދަނީ އިތުރުވަމުންނެވެ. އިއްޔެ އިންޑިއާއިން ކޯވިޑް ޖެހިގެން 2،263 މީހުން މަރުވެފައިވާއިރު ޖުމްލަ ކޯވިޑްގަ މަރުވި މީހުންގެ އަދަދު ވަނީ 186،920 އަށް އަރާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާއިން ކޯވިޑްގައި މަރުވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވަނީ ހޮސްޕިޓަލްތައް ފުރި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތުމާއި ބައެއް ސިޓީތަކާއި ސްޓޭޓްތަކުން އޮކްސިޖަން ހުސްވުމުންނެވެ.

.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް