ގައުމު ހިންގުމާއި ވެެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރުމުގަ ހުރި ނުރައްކާތެރިކަން ނުބަލާ ދުސްތޫރީ އަސާސެއް ނެތި ނިޒާމް ބަދަލު ކުރުންވާނީ ބޮޑު ގޯހަކަށް ކަމަށް ކުރީގެ މިނިސްޓަރ އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
މޯލްދިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި މި ވަގުތު އުޅުއްވާ ކަމާލް ދާޅުވެފައިމިވާނީ ރާއްޖެގައި ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު ރައީސް ސާލިހަށް ފޮނުއްވި މެސެޖަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ކަމާލުއްދީން ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ރިޔާސީ ނިޒާމް ގާއިމު ކޮށްފަ އޮތީ ދުސްތޫރީ ހަމަތަކެއްގެ މަތިން ކަމަށާއި، އަސާސެއްނެތި ނިޒާމު ބަދަލުކޮށްލުންވާނީ ބޮޑު ގޯހަކަށް ކަމަށެވެ. އަދީ މިހާރު މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫންކަމަށެވެ.
މައުމޫން ސަރުކާރުގައި ކެބިނެޓުގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ ކަމާލުއްދީން ވަނީ ޑީއާރުޕީގައި އުޅުއްވުމަށްފަހު 2012 ވަނަ އަހަރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފަ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވުމަށް ފަހު މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ގުޅިވަޑައިގަތީ 2018 ވަނައަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް