ހީނާގެ ބައްޕަ މަރުވުމުން ތައުޒިޔާ ނުކިޔާ ކަމަށް ބުނެ ގޯހަރަށް ސުވާލެއް!

އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ގޯހަރް ހާން އާއި ހީނާ ހާން ހިމެނެ އެވެ. މަޝްހޫރު ރިއަލީ ޝޯ "ބިގް ބޮސް" ގައި ބައިވެރިވެ ގައުހަރާއި ހީނާ އާއި ދެމެދު ވަރަށް ވާދަވެ...

23 Apr 2021 | 09:48

އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ގޯހަރް ހާން އާއި ހީނާ ހާން ހިމެނެ އެވެ.

މަޝްހޫރު ރިއަލީ ޝޯ "ބިގް ބޮސް" ގައި ބައިވެރިވެ ގައުހަރާއި ހީނާ އާއި ދެމެދު ވަރަށް ވާދަވެރިކަން އުފެދުނެވެ. އެ ޝޯގެ ތެރެއިން ބޮޑެތި ޒުވާބުތަކާއި ބަހުގެ ހަމަލާތައް ބަދަލު ކުރި އިރު އެފަހަރުގެ ޝޯއިން އެއްވަނަ ގައުހަރު ހޯދި އިރު ހީނާއަށް ލިބުނީ ދެ ވަނަ އެވެ.

އޭގެ ފަހުން ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އެ ދެމީހުންނަކީ ދާއިރާގައި ވަރަށް ވާދަވެރި މާ ގާތް ގުޅުމެއް ބާއްވާ ބައެއް ނޫނެވެ.

ގައުހަރު ހާން އަކީ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި ގާތް ގުޅުމެއް ބާއްވާ މީހެއް ކަމަށް ވެއެވެ. އޭނާ ސްޓޯރީއަށް ލާ އެއްޗިއްސާއި ގުޅޭގޮތުން ސުވާލު ކުރުމުން ޖަވާބުދޭއިރު އެންމެ ފަހުން އޭނާ ހުޅުވާލީ ކުރަން ބޭނުންވާ ސުވާލެއް ކުރުމުގެ ފުރުސަތެވެ.

އެ ފުރުސަތުގައި މީހަކު ގޯހަރާއި ކުރި ސުވާލަކީ މިދިޔަ ހަފްތާގައި ހީނާގެ ބައްޕަ މަރުވުމުން ތައުޒިޔާ ނުކީ ކީއްވެތޯ އެވެ. ހީނާ ބައްޕަ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

އޭގެ ޖަވާބުގައި ގައުހަރު ބުނީ ތައުޒިޔާ ކިޔަން ޖެހެނީ ސޯޝަލް މީޑިއާ މެދުރިކޮށް ކަން އޭނާ ނުދެނަހުރި ކަމަށެވެ. އަދި އެ ސުވާލު ކުރި ފަދަ މޮޔަ މީހުންގެ ކުރިމަތީގައި އެ ދެމީހުންގެ ގުޅުމުގެ ސާފުކަން ބުނެދޭން ނުޖެހޭ ކަމަށް ބުނެފައިވެ އެވެ.

ގައުހަރު ބުނީ އޭނާ އާއި ހީނާއާ ދެމެދު އޮންނަނީ ހިތާއި ހިތުގެ ގުޅުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް