"އާތް ޑޭ" ގައި ކަރީނާގެ ފޭވަރިޓް ބޯއީސް ކުރީ ތަފާތު ކަމެއް!

އިއްޔެ ފާހަގަ ކުރި އާތް ޑޭގައި ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރުގެ "ފޭވަރިޓް ބޯއީސް" ކުރީ ތަފަތު ކަމެކެވެ. ކަރީނާ އަކީ އާއިލާ އާއި އެކު ކުރާ އެކި ކަހަލަ ކަންކަމާއި ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާންއަށް އަލ...

23 Apr 2021 | 08:43

އިއްޔެ ފާހަގަ ކުރި އާތް ޑޭގައި ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރުގެ "ފޭވަރިޓް ބޯއީސް" ކުރީ ތަފަތު ކަމެކެވެ.

ކަރީނާ އަކީ އާއިލާ އާއި އެކު ކުރާ އެކި ކަހަލަ ކަންކަމާއި ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާންއަށް އަލަށް ދަސްކޮށްދޭ ކަންކަމާއި ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާގައި ބަރާބަރަށް ހިއްސާ ކުރާ މީހެކެވެ. އޭނާގެ ފޭވަރިޓް ބޯއީސް އަކީ ފިރިމީހާ ސައިފް އަލީ ހާން އާއި ތައިމޫރުގެ އިތުރުން އެންމެ ފަހުން ލިބުނު ހަގު ފިރިހެން ދަރި އެވެ.

ކަރީނާ އިންސްގްރާމް ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދުނިޔޭގެ ވެށި ހިމާތްކުރުމަށް ކުރެވިދާނެ ކަންކަން ބުނެދީފައި އެވެ. އެގޮތުން ގިނައިން ގަސް އިންދުން މުހިންމު ކަމަށް ބުނެފައިވެ އެވެ.

މި ވާހަކަ އާއި އެކު އޭނާ ހިއްސާ ކޮށްފައިވަނީ ސައިފާއި ތައިމޫރު ހުސް ބިމެއްގައި ވެލިގަނޑު އެއްވަރުކޮށް ގަސް އިންދުމުގެ މަސައްކަތް ކުރާ ފޮޓޯ އެކެވެ. ދެން ހިއްސާކޮށްފައިވަނީ ތައިމޫރު ގަހަކަށް އަރުވާފަ އިން ފޮޓޯއެކެވެ.

https://www.instagram.com/p/CN9whuYJrGj/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް