ފިޝަރީޒްގެ ނައިބަކަށް މާޖިދު އައްޔަން ކޮށްފި

ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަޤާމަށް މ. ހިޔަމަ ޢަލީ މާޖިދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަން ކުރައްވައިފިއެވެ. ޢަލީ މާޖިދަކީ މަންދުކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަ...

23 Apr 2021 | 06:30

ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަޤާމަށް މ. ހިޔަމަ ޢަލީ މާޖިދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަން ކުރައްވައިފިއެވެ.

ޢަލީ މާޖިދަކީ މަންދުކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ޢަލީ މާޖިދު ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއާ އޮޕަރޭޝަންސް ކޯސްވެސް ފުރިހަމަކުރައްވާފައެވެ.

މީގެ ކުރިން ޢަލީ މާޖިދު ވަނީ ނޮދާން ޔޫޓިލިޓީސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިންގް ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖާގެ މަޤާމުވެސް އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް އަމިއްލަގޮތުން މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސް މަޤާމުތައް ޢަލީ މާޖިދު ވަނީ ފުރުއްވާފައެވެ.

ޢަލީ މާޖިދަކީ ނ. އަތޮޅު ކައުންސިލް މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މި މަޤާމަށް ޢައްޔަނުކުރެއްވުމާ ހަމައަށް، އަމިއްލަގޮތުން ކުރައްވަމުން ގެންދެވި މަސައްކަތަކީ އިންޓީރިއާ ޑިޒައިނިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް