ކ. މާފުށީގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން ދުވަސް ތެރޭގައި 30 އަށް އަރައިފި އެވެ.
މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެ އެ ރަށް މޮނިޓަަރިންގެ ހާލަތަށް ގެނައީ މިދިޔަ އަންގާރަ ދުވަހު އެވެ
މާފުށީ ސިއްހީ މަރުކަޒުކަޒުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް އެ ރަށުން 30 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންގާރަ ދުވަހު ޕޮސިޓިވްވި އެކަކާއި ބުދަ ދުވަހު ޕޮސިޓިވްވި 13 މީހުންގެ އިތުރުން ބުރާސްފަތި ދުވަހު ކޯވިޑަށް ޕޮސިޓިވްވި 16 މީހުންނެވެ.
އެ ރަށުން އިއްޔެގެ ނިޔަލަށް 279 ސާމްޕަލެއް ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން 103 ސާމްޕަލް ނެގެޓިވްވެފައިވާއިރު ނަތީޖާ ނުލިބޭ 66 ސާމްޕަލެއް އެބައޮތެވެ. އަލުން އަލުން ސާމްޕަލް ނަގައި ޓެސްޓު ކުރަން ޖެހޭ 18 މީހުން ތިބި ކަމަށް ސިއްހީ މަރުކަޒުން ބުނެ އެވެ.
މާފުށިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރޭގައި މާފުށީ ޖަލުގެ ޕްރިޒަން އޮފިސަރުންގެ އިތުރުން އެ ރަށުގައި މަސައްކަތް ކުރާ ފުލުހުން ހިމެނެ އެވެ. އެކަމަކު މިހާތަނަށް ޖަލުގެ ގައިދީއަކަށް ކޯވިޑް ޖެހިފައެއް ނުވެ އެވެ.
މިވަގުތު މާފުށީގެ 17 ތަނެއް ކަރަންޓީން ކޮށްފައިވާއިރު އޭގެ ތެރޭގައި މާފުށީ ޖަލުގެ މުވައްޒަފުން ނިދާ ވަކި ބައެއް ހިމެނެ އެވެ.
ޓޫރިޒަމަށް ބަރޯސާވެފައިވާ މާފުށީގައި ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް އިރު އާންމުންނާއި ޓޫރިސްޓުން މާސްކު ނާޅާ މައްސަލަ އެ ރަށު ކައުންސިލުން ވަނީ މީޑިއާގައި ފާހަގަކޮށްފައި އެވެ. އަދި އެކަމަށް ފިޔަވަޅު އަޅައިި މީހުން މާސްކު އެޅުމަށް އާދަ ކުރުވުމަށް ބާރު އެޅުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ކޯވިޑް-19ގެ ކޮމިއުނިޓީ ޕްރެޑު މިވަގުތު އޮތް ރަށްރަށުގެ ތެރޭގައި ބ. އޭދަފުށި، ޅ. ނައިފަރު، އދ، މާމިގިލި، ކ. ހުރާ، ދިއްފުށި، އއ. މަތިވެރި އަދި ތ. ވޭމަންޑޫ ހިމެނެ އެވެ. އަދި ކޯވިޑް ކޭސްތަކާއި ގުޅިގެން 20 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް