ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ޒުވާނުން ބާއްވާ ރެލީއެއް މިރޭ!

ނޯޓު: އިންތިޒާމީ ބައެއް ސަބަބުތަކާއި ގުޅިގެން މި ރެލީ ވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:45އަށް ލަސްކުރެވިފައެވެ. ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް އިންތިޒާމުކުރާ ރެލީއެއް މިރޭ ބާއް...

23 Apr 2021 | 01:03

ނޯޓު: އިންތިޒާމީ ބައެއް ސަބަބުތަކާއި ގުޅިގެން މި ރެލީ ވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:45އަށް ލަސްކުރެވިފައެވެ.

ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް އިންތިޒާމުކުރާ ރެލީއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މި ރެލީ ކުރިއަށް ދާނީ މިރޭ 20:45ގައި ބޮޑުތަކުރުފާނު މަގުން މާލޭ ބުރިޖު ވިއު ސަރަހައްދުގައެވެ.

ޒުވާނުންތަކެއް އިސްވެ ބާއްވާ މި ރެލީއަކީ ޖަމުއިއްޔާ ޖަމާއަތަކުން ހިންގާ ހަރަކާތެއް ނޫނެވެ. އަދި ސިޔާސީ ހަރަކާތެއް ވެސް ނޫނެވެ.

މި ރެލީއަކީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަށް ގިނަވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށާއި ޒުވާނުން މިކަމާ މެދު ދެކޭ ގޮތާއި ޝުއޫރުތައް ފާޅުކުރުމަށް ބާއްވާ ހިމޭން ހަރަކާތެކެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ގިނަވަމުން ދިޔަ ނަމަވެސް، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ނުލިބޭތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި ރެލީ ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ. ހަމަ މިއާއެކު، ރެލީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބެނާ ނުވަތަ ބޯޑު ފަދަ ތަކެތީގައި ޝުޢޫރު ލިޔެގެން ގަޑިއަށް އެ ސަރަހައްދަށް ދިއުމަށް އިންތިޒާމްކުރާ ފަރާތްތަކުން އެދެއެވެ.

މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމުގެ ތުހުމަތުކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ކްރައިމްސް އަގައިންސް ޗިލްޑްރަން ޑިޕާޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

މީގެ އިތުރުން، ރ. މަޑުއްވަރީގައި ގުރޫޕަކުން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައަކާއި 2 އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ އިތުރުން ސަފާރީއެއްގައި ކެންޏާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެ ވަނީ ހޫނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް