އަލިފާން ރޯވި ދޯނިން އަނިޔާވި ދެ މީހުން މާލެ ގެންނަނީ

އަލިފާން ރޯވި ދޯނިން އަނިޔާވި ދެ މީހުން،ް އެމްއެންޑީއެފް ފަޔަރ ލޯންޗްގައި މާލެ ގެނަިއުމަށް ދަތުރު ކުރަމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. ދޯންޏެއްގައި އަލިފާން ރޯވެ، އެކަކަށް އަނިޔާވެފައިވެ...

23 Apr 2021 | 00:50

އަލިފާން ރޯވި ދޯނިން އަނިޔާވި ދެ މީހުން،ް އެމްއެންޑީއެފް ފަޔަރ ލޯންޗްގައި މާލެ ގެނަިއުމަށް ދަތުރު ކުރަމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ދޯންޏެއްގައި އަލިފާން ރޯވެ، އެކަކަށް އަނިޔާވެފައިވެ، އޭނާ ތުލުސްދޫއަށް ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ކުރިން ބުނެފައި ވެއެވެ. ނަމަވެސް ދާދި ދެންމެއަކު އެމްއެންޑީއެފް އިން ބުނެފައި ވަނީ، ދިވެއްސަކާއި ބިދޭސީއަކަށް އަނިޔާވެފައި ވާ ކަމަށާއި، ދެމީހުންވެސް މާލެ ގެނައުމަށް ދަތުރު ކުރަމުން ދާ ކަމަށެވެ.

އަލިފާން ރޯވި ދޯނީގެ އަލިފާން ކޮންޓްރޯލް ކޮށްފައި ވާއިރު، އެ ދޯނި އޮތީ ދެފެން ދޭތެރޭގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ކ. ކުޑަ ވިލިނގިލި ރެސޯޓް ކައިރީގައި އޮތް ދޯންޏެއްގައެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ ހަރަކާތްތެރި ވެފައެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި  މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވެފައިވީ ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެެވެ.

މި ހދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 03:23 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް