މާންދޫން އަށް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ގަން ފޮނަދޫ ނުރައްކަލަށް

ލ މާންދޫން ހަތަރު އަށް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ގުޅިފައިވާ ގަން އަދި ފޮނަދޫ ނުރައްކަލަށް ހުށަހެޅިއްޖެއެވެ. އެގޮތުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ ކޮވިޑްގެ އަލާމާތްތައް ކަމަށް ޝައްކު ކު...

22 Apr 2021 | 23:59

ލ މާންދޫން ހަތަރު އަށް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ގުޅިފައިވާ ގަން އަދި ފޮނަދޫ ނުރައްކަލަށް ހުށަހެޅިއްޖެއެވެ.

އެގޮތުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ ކޮވިޑްގެ އަލާމާތްތައް ކަމަށް ޝައްކު ކުރެވިގެން މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރަމުންދާ އަށް ފިރިހެނެއްގެ ސާމްޕަލް ޓެސްޓް ކުރިއިރު އަށް މީހުންވެސް ވަނީ ޕޮޒިޓިވް ވެފައިކަމަށެވެ.

މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށް ބުނެފައިވެއެވެ.

ލ. މާންދުއަކީ ގާސިމް އިބްރާހިމްގެ މަސް ފެކްޓަރީ ހިންގާ ސިނާއީ މަސައްކަތް ކުރާ ރަށެކެވެ. މާންދޫގައި ހިންގަމުން އަންނަ ފިޝަރީޒް ކޮމްޕްލެކްސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ބޮޑު އިންސައްތައެއްގެ މުވައްޒަފުން ނިސްބަތްވަނީ ގަން އަދި ފޮނަދުއަށެވެ.

އެހެންކަމުން ހާއްސަ ގޮތެއްގައި އެ ދެ ރަށަށް ކޮވިޑުގެ ނުރައްކާ މިވަގުތު މިވަނީ ބޮޑުވެފައެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް