ދޯންޏެއްގައި އަލިފާން ރޯވެ، އެކަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނެފައި ވަނީ، ކ. ކުޑަ ވިލިނގިލި ރެސޯޓް ކައިރީގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވީ ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެެވެ.
މި ހދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 03:23 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ތަފްސީލު އަންނަނީ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް