ކޯޓު އަމުރެއްގެ ދަށުން މާލެއިން ދެމީހަކު ކަރަންޓީނަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން ކަރަންޓީނަށް ގެންގޮސްފައިވަނީ އަންހެނަކާއި ފިރިހެނެކެވެ. މި ދެމީހުން ކޯޓު އަމުރެއްގެ ދަށުން ކަރަންޓީނަށް ގެންދަން ޖެހުނީ ކޯވިޑް-19 ގެ އަލާމާތްތައް ހުރުމުން ކަރަންޓީނަށް ދާން އެޗްޕީއޭއިން އެންގި އެންގުމަށް ދެކޮޅު ހެދުމުންނެވެ. އަދި މި ދެމީހުން ފުލުހުންގެ އެހީތެރި ކަމާއެކު ކަރަންޓީނަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު ޑިރެކްޓަރ ޖެނަރަލް އޮފް ބަޕްލިކް ހެލްތް ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ކަރަންޓީނަށް ދިއުމަށް އެންގުމުން އެފަދަ ހުރިހާ އެންގުމަކަށް ރައްޔިތުން ބޯ ލަނބަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް