މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ މޫސުން އިތުރަށް ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އެލާޓު ނެރެ...

23 Apr 2020 | 11:22

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ މޫސުން އިތުރަށް ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އެލާޓު ނެރެފައިވަނީ މިއަދު ހަވީރު4:15 އިން މިރޭ10:15 އަށެވެ.

އެ އިދާރާއިން ލަފާ ކުރާ ގޮތުގައި ހުރިހާ ސަރަހައްދުތަކަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެ އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެވެ.

https://twitter.com/MetMaldives/status/1253278704740052992

މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ. މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރެ އެވެ.

ވައިޓް އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކަށް ސަމާލުވުމަށް އެންގުމުގެ ގޮތުންނެވެ.

މިދުވަސްވަރު މޫސުން ގޯސްވެފައިވާތީ އެމްއެންޑީއެފުން ވަނީ ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް