އައިއެމްއެފްގެ އާރުސީއެފުން ރާއްޖެއަށް 28.9 މިލިޔަން ޑޮލަރުގެ ލޯނެއް ދެނީ

އިންޓަނެޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖެއަށް 28.9 މިލިޔަން ޑޮލަރު ( 445.6 މިލިޔަން ރުފިޔާ)ގެ ލޯނެއް ދޭން ނިންމައިފި އެވެ. އައިއެމްއެފްއިން ބުނީ މި ލޯނަކީ ކޯވިޑް-19 ގެ ހާލަތުން އަރައިގ...

23 Apr 2020 | 11:10

އިންޓަނެޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖެއަށް 28.9 މިލިޔަން ޑޮލަރު ( 445.6 މިލިޔަން ރުފިޔާ)ގެ ލޯނެއް ދޭން ނިންމައިފި އެވެ.

އައިއެމްއެފްއިން ބުނީ މި ލޯނަކީ ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް މެންބަރު30 ގައުމަކުން ހުށަހެޅި ހުށަހެޅުންތައް ގަބޫލްކޮށް ދޭން ނިންމި ފައިސާ ކަމަށެވެ. ކޯވިޑް-19 އާ ހެދި ރާއްޖެއަށް ޓޫރިސްޓުން އައުން ވަގުތީ ގޮތުން ހުއްޓުވުމުން މާލީ ބޮޑެތި ފޫނުބެދުންތަކާ ކުރިމަތިވެފައިވާ ކަމަށް ލޯން ދޫކުރުމަށް ނިންމާ އައިއެމްއެފުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެއަށް ލޯނު ދޫކުރަނީ އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީ (އާރުސީއެފް)ގެ ދަށުން ނެވެ. އާރްސީއެފް އިން ލޯނު ދޫކުރަނީ އެއްވެސް އިންޓަރެސްޓަކާ ނުލައި ފަސް އަހަރު ފަހުން ފައިސާ ދައްކަން ފަށާ ގޮތަށެވެ. އެ ފެސިލިޓީގެ ހަމައެކަނި ޝަރުތަކީ އެ ލިބޭ އަދަދު އަނބުރާ ދެއްކުމެވެ.

އާންމުކޮށް އައިއެމްއެފް މެދުވެރިކޮށް ލޯން ނަގާއިރު ބޮޑެތި ޝަރުތުތައް ކުރެ އެވެ. އެގޮތުން ސަރުކާރު މުވައްޒަފުން މަދު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

އެހެންވެ މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އައިއެމްއެފްއިން ދޫކުރާ އާންމު ލޯނުތަކަށް މި ދުވަސްވަރު ސަރުކާރުން ނޭދޭނެ ކަމަށެވެ. އެއީ ކޯވިޑް-19 ގެ މިފަދަ ނާޒުކު ދަނޑިވަޅެއްގައި މުވައްޒަފުން މަދުކުރުންފަދަ ކަމެއް ކުރެވެން ނެތުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް