ޖާބިރުގެ ހަރަދުގައި ގއ. އަތޮޅުގައި މަސްވެރިންނަށް ހާއްސަ ކްލިނިކެއް!

މަސްވެރިންނަށް އެމަޖެންސީ ހާލަތެއްގައި ފަރުވާ ދެވޭގޮތަށް ކްލިނިކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ. މި ކްލިނިކް އެޅުމަށް ހަމަޖެހިފައިވަ...

23 Apr 2020 | 09:45

މަސްވެރިންނަށް އެމަޖެންސީ ހާލަތެއްގައި ފަރުވާ ދެވޭގޮތަށް ކްލިނިކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

މި ކްލިނިކް އެޅުމަށް ހަމަޖެހިފައިވަނީ ގއ. ފަރެހުޅުދޫގައި އެވެ.

ޖާބިރާއި ހަވާލާދީ ޑީއާރުޕީން ބުނީ އެ ކްލިނިކްގައި އެމަޖެންސީ ފަރުވާ އާއި ޗެމްބާގެ އިތުރުން ވެންޓަލޭޓާގެ ހިދުމަތް ދެވެން ހުންނާނެ އެވެ. އަދި އައިސީޔޫގެ ހިދުމަތްވެސް ދެވެން ހުންނާނެ ކަމަށް ބުނެ އެވެ.

މީގެ އިތުރުން ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީއެއް ގާއިމް ކުރާނެ އެވެ.

މި ކްލިނިކުން ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ހިލޭ އެމަޖެންސީ ފަރުވާ ދޭނެ ކަމަށް ބުނެފައިވެ އެވެ.

އެތަން ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުއްދެވުމަށް ޖާބިރުގެ ފަރާތްޕުޅުން ދޭ ހަދިޔާއެއް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް