ކޯވިޑް-19 އާއި ހެދި ކޮމަންވެލްތް ސަމިޓް ފަސް ކޮށްފި

މިއަހަރު ބާއްވަން ހަމަޖައްސާފައި އޮތް ކޮމަންވެލްތް ސަމިޓް ފަސްކޮށްފި އެވެ. ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވަން ހަމަޖެހިފައި އޮތް ސަމިޓު ފަސް ކުރީ ނުރައްކާތެރި ކޯވިޑް-19 އާއި ގުޅިގެންނެވެ. މިއަހަރު...

23 Apr 2020 | 09:16

މިއަހަރު ބާއްވަން ހަމަޖައްސާފައި އޮތް ކޮމަންވެލްތް ސަމިޓް ފަސްކޮށްފި އެވެ.

ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވަން ހަމަޖެހިފައި އޮތް ސަމިޓު ފަސް ކުރީ ނުރައްކާތެރި ކޯވިޑް-19 އާއި ގުޅިގެންނެވެ. މިއަހަރު ބާއްވަން ހަމަޖެހިފައި އޮތީ އެ ޖަމިއްޔާގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ26 ވަނަ ސަމިޓެވެ.

މި ސަމިޓް ބާއްވަން ހަމަޖެހިފައި އޮތީ އަންނަ ޖޫން މަހުގެ22 އިން27 ގެ ނިޔަލަށެވެ. ފަސް ކުރީ މުއްދަތެއް ނެތް ގޮތަށެވެ.

ކިގާލީގައި ބާއްވަން ހަމަޖެއްސި ސަމިޓް ފަސް ކުރި ނަމަވެސް ރުވާންޑާ ސަރުކާރުން ބުނީ އުންމީދަކީ ފަހުގެ ތާރީހުގައި ބާއްވާ ސަމިޓުވެސް އެ ގައުމުގައި ބޭއްވުން ކަމަށެވެ. ރުވާންޑާއަކީ އިނގިރޭސި އިސްތިއުމާރުގެ ދަށުވެފައި ނުވާ ގައުމެކެވެ.

އެ ގައުމު ކޮމަންވެލްތުގައި ބައިވެރިވީ2009 ވަނަ އަހަރު އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އިން އަލުން ކޮމަންވެލްތާ ގުޅިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު 1 ވަނަ ދުވަހު އެވެ. ކޮމަންވެލްތާ އަލުން ބައިވެރިވުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން އޭރު ބުނެފައި ވަނީ ރުވާންޑާގައި މި އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވެރިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް